
އާބަންކޯއިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާ މި ފުރުސަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދު ވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އާބަންކޯއިން ބުނެފައިވަނީ ވިނަރެސް މަޝްރޫއިން ފްލެޓު ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓުތަކަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓުތަކަށްފަހު ބާކީ ހުރި ފްލެޓުތައް ކަމަށެވެ. އޭގެ އިތުރުން ނިމުނު މަހުގެ ނިޔަލަށް ފްލެޓު ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލިއްޔަތުކަން ފުރިހަމަ ނުވާ ފަރާތްތަކާ އަދި ޔުނިޓު އިހުތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓު އިހުތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމު ބާތިލުކޮށް ބާކީ ނުވިކިހުރި ޔުނިޓުތައް ކަމަށް އާބަންކޯއިން ބުނެ އެވެ.
އާބަންކޯއިން ބުނި ގޮތުގައި މި ފްލެޓުތަކަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެ ކޯޕަރޭޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމުގަ އެވެ.