ads
އެމްއޭސީއެލްގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގެ ތެރެއިން - ފޮޓޯ: އެމްއޭސީއްލް
އެމްއޭސީއެލްގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ ހަދިޔާ ކުރުމަށާއި، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ބޭއްވި ކޭމްޕެއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި މި ކޭމްޕް ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އަގުހުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަދި މި ހަރަކާތުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވާކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.

މި ކޭމްޕަކީ އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ހިންގި ހަރަކާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް