ads
ނަބީ އަދި ނަބާ- ފޮޓޯ އެމްއޯސީ
ޗަތިސްގަރު އިންޓަނޭޝަނަލްގެ ގަދަ 16 އަށް ނަބާ އަދި ނަބީ
ޗަތިސްގަރު އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގެ އަންހެން ޑަބަލްސްގެ ގަދަ 16 އިން ރާއްޖޭގެ އެއްވަނަ އަންހެން ޕެއަރ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ޖާގަ ހޯދައިފި އެވެ.

ޗަތިސްގަރު އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖަކީ އިންޑިއާގެ ރައިޕޫރުގައި މިހާރު ކުރިއަށްދާ ބައިނަލް އަގްވާމީ މުބާރާތެކެވެ. 

މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ގަދަ 16 އިން ރާއްޖޭގެ ދެބެއިން ޖާގަ ހޯދީ އިންޑިއާގެ ޕެއާއެއް ކަމަށްވާ ނިކިތާ ރަޕްރިއާ އާއި ނިޝު ރަޕްރިއާ ބަލިކޮށްގެންނެވެ. އިންޑިއާގެ ދެ ބެއިންގެ ޕެއާ އަކީ ދުނިޔޭގެ 130 ވަނައިގައި އުޅޭ ޕެއާ އެކެވެ.

ގަދަ 16ގައި ނަބާ އާއި ނަބީ ނުކުންނާނީ ނަވްދާ މަންގްލާމް އާއި އިޝާނީ ވާލިއާގެ ޕެއާއާ ދެކޮޅަށެވެ.

ޗަތިސްގަރު އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރާ ނަބާ އަދި ނަބ ވަނީ ދާދި ފަހުން އޮސްޓްރޭލިއާގައި ނިމުނު ސިޑްނީ އިންޓަނޭޝަނަލް 2023ގައި މުބާރާތުގެ ގަދަ 16 އިން ވެސް ޖާގަ ހޯދި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް