ads
އިޝާ އަދި ސަމާތް
އިޝާ އާއި ސަމާތު ރުޅިވެއްޖެ
ބިގްބޮސް 17 ގެ ކޮންޓެސްޓެންޓުން ކަމުގައިވާ ސަމާތު ޖުރެލް އާއި އިޝާ މަލްވިޔާ ރުޅިވެއްޖެކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް މިހެން ބުނެފައިވާއިރު، އިޝާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސަމާތުގެ ބަދަލުގައި އެންމެ ފުރަތަމަ އަބީޝެކް ކުމާރު އިހުތިޔާރު ކުރެވުނީތީ މީގެ ހަތަރު ދުވަސް ކުރިން މައާފަށް ވެސް އެދިފައެވެ. 

އިޝާ މައާފަށް އެދުނު ނަމަވެސް، ސަމާތުގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަން އަދިވެސް ނިމުމަކަށް އައިކަމަކަށް ނުބެލެވެއެވެ. ސަަބަބަކީ ސަމާތު އެންމެ ފަހުން މިވަނީ އަބިޝެކް ކުމާރު ގާތު އިޝާއާއި ރައްޓެހިވީ ސީރަސްކޮށް ނޫންކަމަށް ބުނެފައެވެ. 

ރިޕޯޓުތައް ބުނާގޮތުން އިޝާއާއި ސަމަތު މިހާރު ވަނީ މި މައްސަލަ ގަނޑުގެ ތެރޭގައި ލޯބީގެ ގޮތުން އޮތް ގުޅުން ނިމުމަކަށް ގެނެސްފައެވެ. 

އެންމެ ފަހުން ފެނުނު ބިބް ބޮސްގެ އެޕިސޯޑުގައި ވެސް ސަމަތު ވަނީ އޭނާއަށް އިޝާ ޓިޝޫއެއް ނުދީގެން އެކަމާ ރުޅިއައިސްފައެވެ. އަދި ސަމާތު ވަނީ އިޝާ ގަޔަށް ފެން ވެސް ޖަހާފައެވެ. އެ ދެމީހުން ދުރުކުރަން ދިޔައީ އަބީޝެކް އެވެ. ބެލެވޭގޮތުގައި އިޝާ ގެން އަނެއްކާވެސް ގުޅޭނީ އިބީޝެކް އާއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް