ads
ބަހްރެއިންގެ ގާނޫނޫ ކައުން އިމާރާތް
ބަހްރެއިނުން އިޒްރޭލާ ވިޔަފާރީގެ ގުޅުން ކަނޑާލައިފި
އިޒްރޭލާ އެކު އޮތް އިގްތިސާދީ ގުޅުން މެދުކަނޑާލަން ނިންމާފައިވާކަން ބަހްރެއިންގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ އިއުލާނުކޮށްފި އެވެ.
Advertisement

ބަހްރެއިން އިން މިހާރުވަނީ އިޒްރޭލަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަނބުރާ ގައުމަށް ގެންދަން ނިންމާފައިވާ ކަން އިއުލާނު ވެސް ކޮށްފަ އެވެ. ބަހްރެއިންގެ ގާނޫނު ހަދާ މަޖިލީހުން ބުނީ، މިއީ ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އަދި، ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ބަހްރެއިނުން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމުގަ އެވެ. 

ބަހްރެއިނާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއި ކުރި އަބްރަހަމް އެކޯޑްސް އެއްބަސްވުމާ އެކުގަ އެވެ. މި އެއްބަސްވުމުގައި ބަހްރެއިންގެ އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ސޮއި ކޮށްފައި ވެ އެވެ. އަދި އޭގެ ފަހުން ސޫދާން އާއި މޮރޮކޯ އިން ވެސް މި އެއްބަސްވުމުގައި ޔަހޫދީ އިޒްރޭލާ އެކު ސޮއިކޮށް އަސްކަރީ ގުޅުން ގާއިމުކޮށް އަސްކަރީ ހަތިޔާރު ވިޔަފާރި އުސޫލުން ބަދަލުކުރުމުގެ ޑީލުތައް ހެދި އެވެ. 

ބަހްރެއިންގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި ގުޅޭ ގޮތުން ޔަހޫދީ އިސްރާއީލުން ބުނީ، ބަހްރެއިނުން އެ ކަމާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެ ގައުމާ ވާހަކަ ދެކެވިފައި ނުވާ ކަމުގަ އެވެ. 

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގާޒާގެ އާންމުންނަށް ދެމުންގެންދާ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 9400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ.

ބަހްރެއިނުން ވަނީ އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ އިސްރޭލު ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަކީ އިންސާނިއްޔަތާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމުގައި ބަހްރެއިނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް