ads
ފޮޓޯ އެމްއެންޑީއެފް
ފުވައްމުލަކާއި އައްޑޫގައި އަލިފާނުގެ ހާދިސާތަކެއް
އައްޑޫސިޓީއާއި ފުވައްމުލަކުގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިފިކަަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ފުވައްމުލަކު ސިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ދިގުވާޑު އަވަށުގެ ޗަސް ބިމުގައެވެ. ހާދިސާގެ މައުލޫމާތު މިއަދު 14:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނެވެ. ފުވައްމުލަކު ފަޔާ ސްޓޭޝަނަށް މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ މިއަދު 14:45 ހާއިރުއެވެ.  

އައްޑޫސިޓީގައި އަލިފާން ހިފީ ހިތަދޫ ކުޑަކުދިންގެ ޕާކު ކުރިމަތީގައި ހުރި ކުނިތަކެއްގައެވެ.  ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ނިއްވާލާފައެވެ. އައްޑޫގެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ސިފައިނަށް ލިބުނީ ހަވީރު 16:55 ހާއިރުއެވެ. 

ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ސިފައިން ބުނެއެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް