ads
މަކުނުދޫ ބަނދަރުގެ ދެކުނުކޮޅުގައި ހުންނަ މަސް މާރުކޭޓް
ނުރައްކާތެި މަރުގެ ހާދިސާއަށްފަހު މަކުނުދޫ ބިންހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ގޭސް ސިލިންޑަރެއް ގޮވައި އިންޑިއަގެ ދެ މީހަކު ކުދިކުދިވި ހާދިސާއަށްފަހު މަކުނުދޫގެ ބިން ހިއްކުމުގެ މަޝްރޫ އަލުން ފަށައިފިއެވެ.
Advertisement

މަކުނުދޫ އެއާޕޯޓު އެޅުމަށް  ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ އޮކްޓޫބަރު 22 ވަނަ ދުވަހު އެރަށުގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެންނެވެ. 

އެރަށު ކައުންސިލުން ދައުލަތުގެ މީޑިއާއަށް ބުނެފައިވަނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ހުކުރު ދުވަހުކަމަށެވެ. 

މަސައްކަތް މެދުކަނޑައިލިއިރު އެއާޕޯޓަށް ބޭނުންވާ ސަރަޙައްދުގެ ގާތްގަޑަކަށް %20 ބިން ވަނީ ހިއްކާފައެވެ.

މަކުނުދޫ ބަނދަރުމަތީގައި ހުންނަ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރުތައް ގޮވުމުގެ ސަބަބުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސް، މީހުން ވަކި ނުވާ ވަރަށް ވަނީ ޗިސްޗިސްވެފަ އެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ގެއްލުން ލިބި، އެ ރަށު ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

އެ ހާދިސާގައި މަރުވެފައިވަނީ މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބައިސަން މޯލްޑިވްސްއަށް ނިސްބަތްވާ ދެ މުވައްޒަފުންނެވެ. އިންޑިއާއަށް ނިސްބަތްވާ އެ ދެމީހުންނަކީ އުމުރުން 27 އަހަރުގެ މުހައްމަދު ރާޖާ އަންސާރީ އަދި އުމުރުން 25 އަހަރުގެ ސުދީރާ ސެތީ އެވެ.

އެ ދެމީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ އިންޑިއާއަށް ގެންގޮސްފައިއެވެ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް