ads
އެފްޑީސީގެ އަމާން އުދަރެސްގެ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ލިސްޓް ވަނީ އާންމުކޮށްފައި - ފޮޓޯ:ސީއެންއެމް
ފްލެޓު ލިސްޓް ނެރެފި، ހުރިހާ ތަފްސީލެއް އެބަހުރި، ދެން ދާނީ ގުރުއަތަށް
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު، ހުރިހާ ތަފްސީލެއް ހިމެނޭހެން އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި، ކޮންމެ އެޕްލިކެންޓަކަށް ލިބޭ މާކްސް ވަނީ އާންމުކޮށްފަ އެވެ. އަދި 4،000 މީހުން ކަނޑައަޅާނީ ގުރުއަތުން ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓު ކުރި ލިސްޓާ އެކު، އެ އިއުލާނުގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުން ކަމަށް އެ އިއުލާނުގައި ވެ އެވެ.

4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. 

މި ލިސްޓު އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭސީސީގައި ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް