ads
ރާއްޖެއާ ބަންގްލަދޭޝް މެޗެއްގެ ތެރެއިން
ރާއްޖެ ބަލިކުރި ބަންގްލަދޭޝް ޓީމު އޮސްޓްރޭލިއާއަށް
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ބަލިކުރި، ބަންގްލަދޭޝް ޓީމު، އަންނަ ހުކުރު ދުވަހު އޮސްޓްރޭލިއާގައި ތަމްރީންތައް ފުރިހަމަ ކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ރާއްޖެ ބަލިކޮށް، ޕްރިލިމިނަރީ ގްރޫޕް ސްޓޭޖަށް ބަންގްލަދޭޝް ކޮލިފައިވެފައިވާއިރު، އެ ގްރޫޕުގައި ހިމެނެނީ އޮސްޓްރޭލިއާ، ފަލަސްތީނު އަދި ލެބަނަންއެވެ. ބަންގްލަދޭޝްގެ ފުރަތަމަ މެޗު އޮތީ އޮސްޓްރޭލިއާގައެވެ. 

މި މަހުގެ 16 ވަނަ ދުވަހު އޮސްޓްރޭލިއާގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗަށް ބަންގްލަދޭޝް ޓީމު ހުކުރު ދުވަހު އޮސްޓްރޭލިއާ އަށް ގޮސް އެ ގައުމުގައި ޕްރެކްޓިސް ފަށާއިރު، ގައުމީ ޓީމުގައި ހިމެނޭ ބަޝަންދުރާ ކިންގްސްގެ ކުޅުންތެރިން ޓީމާ ގުޅޭނީ މި ހަފްތާގައި އޮންނަ އޭއެފްސީ ކަޕުގެ މެޗުގެ ފަހުންނެވެ. 

އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝްއިން ފުރުސަތު ހޯދީ، ވޯލްޑްކަޕް ކޮލިފައިންގެ ދެ މެޗުގެ އެގްރިގޭޓުން ރާއްޖެ ތިން ލަނޑު ދެ ލަނޑުން ބަލިކޮށްގެންނެވެ. މާލޭގައި ބަންގްލަދޭޝްއާ ރާއްޖެ އެއްވަރުވީރު، ބަންގްލަދޭޝްގައި ރާއްޖެ ވީ ބައްޔެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް