ރަންބީރުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިއާ ދިޕިކާ ޕަދުކޯން ކޮފީ ވިތް ކަަރަންގައި ރަންބީރާ ގުޅޭގޮތުން ދައްކާފައިވާ ނެގެޓިވް ވާހަކަ ތަކާ ގުޅިގެންނެވެ.
ދިޕިކާގެ ކޮމެންޓުތަކާއެކު ގިނަ ސުވާލުތަކެއް އާލިއާ އާ ވެސް ވަނީ ކުރިމަތިވެފައެވެ. މިގޮތުން އާލިއާ އާއި ރަންބީރު އުޅެނީ އުފަލުގައިތޯ ގިނަބަކު ސުވާލު އުފައްދަން މިވަނީ ފަށާފައެވެ.
ނަމަވެސް އާލިއާ ބުނީ ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަ ޖެހޭނެކަމަށެވެ. އެގޮތުން ރަންބީރަކީ ބައެއްފަހަރު "ވަރާށް ދޮގު ހަދާ" މީހެއްކަން އޭނާއަށް އެނެގޭކަމަށެވެ.
އާލިއާ ބަޓްއާއި ރަންބީރު ކައިވެނިކުރިތާ އަހަރެއް ވެސް ނުވަނީސް އެމީހުންނަށް ވަނީ އަންހެން ދަރިއަކު ލިބިފައެވެ. އެމީހުންގެ ދަރިފުޅަށް މި ނޮވެންބަރު އެއް އަހަރު ފުރޭނެވެ.