ads
އާސިމް ރ އަތޮޅުގައި
އާސިމްގެ މުހިންމު ސިޔާސީ ދަތުރެއް، އުފަން އަތޮޅަށް
ދަ ޑިމޮކްރެޓްސްއިން މެމްބަރޝިޕް ޑްރައިވް ކެމްޕޭން ލޯންޗްކުރުމާއެކު، އެ އަތޮޅަކަށް ނިސްބަތްވާ މަޝްހޫގރު ފިލްމީތަރި އަހުމަދު އާސިމް ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ރ ރައީސް އަކަށް ނުކުމެ ޕާޓީ މެމްބަރޝިޕް ޑްރައިވްއެއް ފެށުމަށް އާސިމްގެ އުފަން އަތޮޅަށް މިއަދު ފުރާއިފިއެވެ.
Advertisement

ސީއެންއެމް އަށް މައުލޫމާތު ދެމުން އާސިމް ބުނީ މިދަތުރަކީ މިމަހުގެ 5 ކުން  13 އަށް މެމްބަރ ޝިޕް އިތުރުކޮށް  ކެމްޕޭންކުރުމަށް ކުރާދަތުރެކެވެ. މި ދަތުރު ފަށާނީ އަލިފުށިންނެވެ. މި ދަތުރު ނިންމާ ރަށަކީ މަޑުއްވަރީއެވެ. މި ދަތުރުގެ އެކި ހިސާބުތަކުގާއި ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް މިދަތުރާ ގުޅޭނެކަމަށް އާސިމް ބުނެއެވެ. 

މިދިޔަ ރިޔާސީ އިންތިހާބު ކެމްޕޭންގައި ގައިވެސް އާސިމް ވަނީ އިލިޔާސް ލަބީބުއާއި އެކު ރ އަތޮޅުގެ އެކި ރަށްތަކަށް ދަތުރު ކޮށްފައެވެ.  އާސިމް އަކީ ރައީސް ނަޝީދު އިސްލާހީ މަސައްކަތް ފައްޓަވާ  އޭރު އެމްޑީޕީ އުފައްދާއި ވަރުގަދަކުރުމަށް  ގިޔާސުއްދީން ސުކޫލުގައި  ސޮއި ކުރި 5000 މެމްބަރުން  ތެރޭގައި ހިމެނޭ މީހެކެވެ . އޭގެ ފަހުން ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް  ސޮއިކުރި 3000 މެމްބަރުން  ތެރޭން އޭނާ ހިމެނެއެވެ. ފަންނީ ދާއިރާއިން ރައީސް ނަޝީދުއަށް އެންމެބޮޑު އެހީތެރިކަމެއް  ފޯރުކޮށްދޭ  ފަރާތެއްވެސްމެއެވެ.

your imageއާސިމް އެމްޑީޕީގެ މަސައްކަތެއްގައި ފަހަތުގައި ރައީސް ނަޝީދު މާރިޔަ 

އާސިމް ބުނިގޮތުގައި، މި ދަތުރަކީ ވަރަށްވެސް މުހިންމު ދަތުރެކެވެ. ސަބަބުތަށް ބައިވަރެވެ.  އެންމެފުރަތަމަ ކަމަކަށް ފާހަގަ ކޮށްލާނީ،  އެމްޑީޕީގައި ރައީސް ނަޝީދު އަށް އެންމެ ލޯޔަލް ކޮށް ތިބި ޕާޓީގެ ރ އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު ވާނުވާނޭންގި ޕާޓީން ވަކި ކޮށްފާވުމެވެ.

"އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް އައުމަށް ފަހު އެންމެ ބޮޑަށް ކުރެއްވިކަމަކީ ސިޔާސީ މީހުން ލައްވާ ރައްޔިތުންނާއި ރައީސް ނަޝީދުއާއި ދޭތެރޭ ފިރުނަ އުފެއްދުން. އޭގެފަހުން ބޮންގޮއްވާ އެމަނިކުފާނު އަވަހާރަކޮށްލަންވެސް މަސައްކަތް ކުރި.  އަޅުގަނޑަށްފެނުނު އެއްޒަމާނެއްގައި ރަށުގާތިބެ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތި މާލެއައިސް ބޮޑެތި އަގުގަ ތަންތަން ހިފައިގެން އެމީހުން ރަށުގާއި ތިބެ ދާއޮހުރުވައިގެން  ކުރި ބުރަ މަސައްކަތުން ހޯދި ލާރި ކޮޅު އެކީ ބޭސްފަރުވާއަށް  ހުސްކޮށް އަދި ބޭސްސިޓީއަށް ސަލާންޖެހި ޒަމާންވެސް . އެކަނި ވެރި މައިންގެ އިނާޔަތާއި މުސްކުޅިގެ ލާރިއާއި މިހެންގޮސް އެތަށް އެތަށް އިނާޔަތެއް، ރައީސް ނަޝީދުގެ ސިޔާސަތުތައްތެރޭން އަޅުގަނޑަށް އެންމެ ކަމުދާ އެއް ސިޔާސަތަކީ ތިމަންނާގެ ހަލާލު މަސައްކަތުން  އާމްދަނީ ހޯދާ ފަހުރުވެރި ރައްޔިތެއް އުފައްދާ ސިޔާސަތު،" އާސިމް ބުންޏެވެ. 

your imageއާސިމް ރ އަތޮޅަށްކުރާ ދަތުރުގެ ބައިވެރިން

އާސިމް ބުނީ، ގަހަކުން މޭވާ ލިބޭ ހިނދު އެ ގަހުގެ މުހިންމުކަން ނުވިސްނިދާނެއެވެ. އެގަސް ވީރާނާވެ  އެމޭވާ ނުލިބޭންފެށުމުން، ދެން އެ ގަހުގެ މުހިންމުކަން އިހުސާސް ކުރެވޭނެއެވެ

"ރައީސްނަޝީދު ރައްޔިތުންނަށް ކޮށްދެއްވި ކަންކަން އަދަދުނުކުރެވޭހާ ގިނަ،" -އާސިމް-

އާސިމް ބުނީ ރ އަތޮޅަކީ އެކި ފަންނުތަކުން އެތަށް ޒުވާނުންނެއް އެތައް ރޮންގަކުން ކުރިއަރާފަވާތަނެކެވެ. ރ އަތޮޅަށް ބޭނުންވަނީ އިތުރު  ފުރުސަތުތައް، ޒުވާނުންނަކީ މުޖުތަމައު އަށް ބޭނުންތެރި  މުހިންމު ބަޔަކަށް ހަދާ އެމީހުން  ކުރިއަށް ނެރުމެވެ. 

"ކުދި ރައްތައް މިދަނީ ފަޅުވަމުން، އާބާދީގެ ބޮޑުބަޔެއް ވަޒަންދޫކޮށް މާލެ ހިޖުރަކުރަމުން އަދިވެސް އެދަނީ. މިކަން ހައްލުކުރެވޭނީ  އެތަންތަން ތަރައްގީކޮއްގެން، ތަރައްގީއެއް ނުގެނެވޭނެ، އިހިލާސްތެރި މީހުން ކުރިއަށް ނެރެގެން، އެކަކު އުމުރު ދުވަހައް އެއްދާއިރާއެއްގާއި ބަގުޑި ބައްދައިގެން ތިބެގެނެއް، ވެރިމީހާގެ ފޮޓޯދައްކައިގެން ހޮވުނީމާ ގޮނޑި ވިއްކަންނުކުމެގެން ކޮން އިއްޒަތްތެރި އެއްތޯވެވޭނީ،  ތެދު ފުޅެއް ރައީސް ސޯލިހް  ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ ވެރިކަމައް އާދެވުނު ގޮތް ހަނދާންނެތުން،  އިބޫ ނުހޮވުނީމާ މިވަގުތު  އެމްޑީޕީގެ  މަތީ ފަޑީގާތިބި މީހުން ރައީސް ނަޝީދު ދެ ކެރުޅި އަންނާނެ ކަމެއްނެތް. ރައީސް އަކަށް މުއީޒް ހޮވީ ދިވެހި ރައްޔިތުން ވޯޓްލައިގެން، ވައްކަން ކުރަންނުތިބެ ވުނީމާ ރުޅިއަންނާކައްނޫންވީ،  ޖަޒުބާތުގާތިބެ ރައީސް ނަޝީދުއަށް ޖެއްސުން ކޮއްފާއި ތން އެއްވެސް މެމްބަރެއް ދާއިރާތަކަށް ވޯޓު ހޯދަން އަންނާނެކަމެއް ނެތް، އެމީހުން މިއަދު ފައިސާގެ ދަހިވެތި ކަމުގާއި  އަމިއްލަ ގުނަވަންތައްވެސްް ވިއްކަފާނެ. ނަމަވެސް ނުވިކޭނެ އެއްޗެ އެބައޮތެވެ  އެއީ ރައްޔިތު މީހާގެ ހިތް،"  -އާސިމް-

your imageއާސިމް ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި

އާސިމް ބުނީ އޭނާ އަކީ އެންމެންގެ އެކުވެރިއެއްކަމަށެވެ.  އޭނާއާ ބައްދަލުކޮށް ވާހަކަ އެންމެނާާއި ދެއްކޭނެކަމައްށެވެ. 

"ރ އަތޮޅުގެ ހުރިހާ އެންމެންނަކީ ވެސް އަޅުގަނޑުގެ އުފަން އާއިލާފަދަބައް. އަޅުގަނޑު  އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން، އަޅުގަނޑާއެކު އިސްނަގައިގެން ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ މުޅި އަތޮޅު ތަރައްގީކޮއް ރައްޔިތުން ބޭނުންވާ އެންމެހާ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަން. މި ދަތުރާއެކު ރ އަތޮޅުގެ އެންމެގިނަ މެމްބަރުން ތިބި ޕާޓީއަކަށް އިރާދަކުރެއްވިއްޔާ، ޑިމޮކްރެޓްސް ވާނެ ކަމުގެ ޔަގީންކަން އެބައޮތް. މިހާރުވެސް ރ އަތޮޅުން އެކަނިވެސް 300  މެމްބަރުން މި ޕާޓީއަށް ވަނުމައްދަނީ މަސައްކަތްކުރަމުން. އޭގެ ތެރޭގައި، އެމްޑީޕީގެ އާމްއެތައް މެމްބަރުންނެއް ދަނީ ރައީސް ނަޝީދުއާއި ގުޅެމުން. އަޅުގަނޑު ބަލާލިން މުސްކުޅި ޕާޓީގައި ތިބި ރައީސް ނަޝީދުއަށް ތާއިދު ކުރާ މެމްބަރުން ތިބި ގޮތްވެސް، އެމްޑީޕީގެ ދާއިރާތޮކުގެ ބޮޑުން ވަކިވަކިފަރުދުންނަށް، އެތައްވައުދެއްވެ ގިނައީ އެއްބަސްވި ގޮތައް އެކަންތައް ތައް ނުކޮއްދޭ ރައްޔިތުން، އެ އެންމެންވެސް ތިބީ  ޑިމޮކްރެޓްސް އާއި ގުޅޭގޮތަށް،" - އާސިމް- 

އާސިމް  މާލެ އަންނަގޮތަށް މިމަހުގެ 24ގައި  ދެން ފުރުން އޮތީ ބައިސްކޯފްގެ ކުރު ފިލްމެއް ނެގުމަށް ފ ނިލަންދޫއަށް ށެވެ.  މި ފިލްމަކީ ތުރުކަސް ފިލްމްސްއިން އާސިމް އަމިއްލަ އަށް ލިޔެ ޑައިރެކްޓްކޮށް   މިހާރު ދައްކަމުންދާ ވިހާލި ސީރީޒް ގެ ސީކުއެލް އެކެވެ.  އާސިމްގެ މިހާރު ދައްކަމުން ދާ ޝީރިޒް އެއް ކަމައްވާާ ހަމަ އެންމެ މީހެކޭ އަކީ މީހާރު ބެލުންތެރިންގެ މެދުގާއި ވަރަށް މަގުބޫލް ޝީރީޒް އެކެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް