ads
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ:އިންތިހާބީ ރައީސްގެ އޮފީސް
ސިންގަޕޫރު ދަތުރަށްފަހު ޑރ. މުއިއްޒު މާލެ ވަޑައިގެންފި
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެމަނިކުފާނު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންތިހާބީ ރައީސްގެ މި ދަތުރުފުޅުގައި ޕީއެންސީގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު، ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް