ads
މާޒިޔާ - އޮޑިޝާ އިންޑިޔާގައި ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: މާޒިޔާއާ ކުޅެން އޮޑިޝާ ޓީމު މާލޭ އަތުވެއްޖެ
އޭއެފްސީ ކަޕުގައި މާލޭގައި، މާޒިޔާއާ ދެކޮޅަށް ކުޅެން އިންޑިޔާގެ އޮޑިޝާ އެފްސީ މާލެ އަތުވެއްޖެއެވެ.
Advertisement

އޭއެފްސީ ކަޕުގައި މާޒިޔާއާ އޮޑިޝާ އެފްސީ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ރަސްމީ ދަނޑުގައެވެ. މެޗު ފަށާނީ އެ ދުވަހު، މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ. މިއީ އޮޑިޝާ ޓީމު މާލޭގައި މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. 

މާލޭގައި އަންގާރަ ދުވަހު މާޒިޔާއާ އޮޑިޝާ ކުޅޭއިރު، މި ދެ ޓީމު އިންޑިޔާގައި ކުޅުނު މެޗުން މަޒިޔާވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. އިންޑިޔާގެ ބުބަނޭޝްވަރުގައި އޮޑިޝާ އެފްސީގެ އަމިއްލަ ދަނޑުގައި މާޒިޔާ އެ މެޗުން ބަލިވީ ހަ ލަނޑު އެއް ލަނޑުންނެވެ. މުޅިން އަލަށް އޭއެފްސީ ކަޕުގައި ކުޅޭ އޮޑިޝާ، މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗަކީ މާޒިޔާ މެޗެވެ. އަނެއްކޮޅުން މާޒިޔާ މިހާތަނަށް އޭއެފްސީ ކަޕުުގައި އެތައް ފަހަރަކު ކުޅެފައިވާއިރު، މާޒިޔާގެ އެންމެ ބޮޑު ބައްޔަކީވެސް އެ މެޗެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް