ޑީޕް ފޭކް ވީޑިއޯއަކީ އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން އުފައްދާ ވީޑިއޯތަކެކެވެ.
އިންޑިއާގައި ގިނަބަޔަކު އަންނަނީ މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ ބަރަހަނާކަން ފާޅުވާފަދަ ވީޑިއޯތައްވެސް އުފައްދަމުންނެވެ.
މިގޮތުން ޓެމިލް އަދި ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި އެކްޓުކޮށްފައިވާ މަގުބޫލު ތަރި ރަޝްމިކާ މަންދާނާގެ ވީޑިއޯއެއް އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ. އެ ވީޑިއޯއަކީ ފޭކް ވީޑިއޯއެއްކަމަށް ރަޝްމިކާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ވާހަކަ ދައްކަމުން އެކްސްގައި އަމީތާބް ބުނެފައިވަނީ "މިފަދަ މައްސަލަތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ" ކަމަށެވެ.
ރަޝްމިކާ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ ޓެމިލް ފިލްމު "ޕުޝްޕާ" އިންނެވެ.