ads
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަޑުއެހުމުގައި ޑިމޮކްރެޓްސް ގެ ގާނޫނީ ވަކީލު ޝާއިރު
ސުޕްރީމް ކޯޓުގެ މައްސަލަ ދިރާސާ ކުރުން އެކަށީގެންވާ ވަގުތު ނުލިބޭ: ޑިމޮކްރެޓްސް
ސުޕްރީމް ކޯޓަށް މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި ލިިޔެކިއުންތައް ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިފައިނުވާތީ މައްސަލަ ދިރާސާކުރަން އިތުރު ވަގުތު ދިނުމަށް ދަ ޑިމޮކްރެޓްގެ ގާނޫނީ ވަކީ އަބްދުﷲ ޝާއިރު އެދިލައްވައިފިއެވެ.
Advertisement

ޝާއިރު މިއަދު ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ވިދާޅުވީ، ނޮވެންބަރު 2 ވަނަ ދުވަހު ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މައްސަލައަށް ތަދައްހުލްވާން ބޭނުންވެ ލައްވާތީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވިކަމަށެވެ. ނަމަވެސް 2 ނޮވެންބަރުގެ ސިޓީއަށް ޖަވާބުލިބުނީ 5 ނޮވެންބަރުގައި ކަމަށެވެ. 

ސިޓީގެ ޖަވާބު ލިބުމުން އިތުރު ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވުމުން ފޯމަކުން ހުށަހަޅަން ސުޕްރީމް ކޯޓުން އަންގާފައިވާކަމަށެވެ. 

އެހިސާބުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް މަސައްކަތްކޮށް ޝާއިރު ހަމަޖެއްސި ކަމަށެވެ. 

"އެމްޑީޕީގެ ފަރާތުން ތަފްސީލީގޮތެއްގައި ހުށަހަޅާފައި އޮތް މައްސަލައަކީ ކޮބައިތަކެއް ނޭގޭ. އެހެން ނަމަވެސް މީޑިއާތަކުން ލިބުނު މައުލޫމާތުން އެނގޭ ދެ ކަމެއްކަން ހުށަހަޅާފައިވަނީ. އެހެންކަމުން ޖަވާބު ދިނުމަށްޓަކާ ތަފްސީލީ ގޮތެއްގަ އެމްޑީޕީގެ ފަރާތުން ހުށަހަޅާފަ އޮތް ފޯމު ބޭނުމޭ [އަޅުގަނޑު ދެންނެވިން]،" -ޝާއިރު-

އޭގެ ފަހުން ދޮޅު ގަޑީއިރެއްހާއިރު ފަހުން ސުޕްރީމް ކޯޓުން ތައްދައްހުލްވާން ފޯމު ފޮނުވަން އިއްޔެ އެންގިކަމަށް ޝާއިރު ވިދާޅުވިއެވެ. 

"އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ ރޭ ދިހަގަޑި ބައިގަ. ލިޔެކިތުންތައް ލިބުނުއިރުގަ އަޅުގަނޑުމެން ތަދައްހުލްވާން ބޭނުންވާ ކަންތައްތަކުގެ ބޮޑު ބައެއް އެބަ ބަދަލުކުރަންޖެހޭ،" ޝާއިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭޓާނީ ޕީޕީއެމް/ޕީއެންސީ އަދި އެޓާނީޖެނެރަލްގެ އޮފީހާއި، މަޖިލީހުން ހުށަހަޅާފައިވާ ލިޔުންތައްކުގަވެސް ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭކަމަށެވެ.  

ޝާއިރު ވިދާޅުވީ މި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ވެސް ނޫންކަމަށެވެ. 

އެނާ އެދިލެއްވީ އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ނުވަތަ ދެވެން އޮތް އެންމެ ދިގުމުއްދަތެއްގައި ލިޔެކިއުންތައް މުރާޖާކުރަން ވަގުތު ދިނުމަށެވެ.

ސުޕްރީމް ކޯޓުން ބުނަނަނީ ޑިމޮކްރެޓްސް އަށް އެއްވެސް ޕާޓީއަކާ ތަފާތުކޮށްފައި ނުވާނެކަމަށް:

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ،  ރިޔާސަތު ބައްލަވަމުން ގެންދަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރަސްމީ ވަގުތު ނިމުމާ ހަމައަށް އެ ސިޓީ އެ ބޭފުޅާއަށް ލިިބިލައްވާފައިނުވާކަމަށެވެ. 

"ސިޓީ ލިބުމާއެކު އިއްޔެ މެންދުރު ބާރަ ޖެހުމުގެ ކުރުން ސުޕްރީމް ކޯޓުން ސިޓީއަށް ޖަވާބުދާރީ ވެފަ ވާނެ،" މަހާޒް ވިދާޅުވިއވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ މައްސަލަތަކަށް ތަދައްހުލް ވުމުގެ އިޖުރާތަކީ ޒަމާނުއްސުރެ އޮންނަ އިޖުރާތެއް ކަމަށެވެ.

"ޑިމޮކްރެޓުން ހުށެހެޅި ހުށަހެޅުމަށް އެ އިޖުރާތުން ބޭރުން އަމަލުކޮށްފައެއް ނުވާނެ. ފޯމު ރެޖިސްޓްރީކޮށް ފީ ދެއްކުމާއެކީގަ ކޯޓުގައި ހުންނަ ލިޔެކިޔުންތައް އަރުވާނެ. އެއްވެސް ޕާޓީއަކާ ޑިމޮކްރެޓްސްއާ ތަފާތުކޮށްދައެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވަން،" މަހާޒް ވިދާޅުވިއެވެ. 

މިއަދު 11:50 ގައި ބްރޭކް ނަގާއިރު އިތުރު ފުރުސަތު ދަ ޑިމޮކްރެޓްސް އަށް ދޭން ޖެހޭތޯ މަޝްވަރާ ކުރައްވާނެކަމަށް ވެސް މަހާޒް ވިދާޅުވިއެވެ. 

ސުޕްރީމް ކޯޓުން ރާވާފައި އޮތީ މިއަދުގެ ޝަރީއަތުގެ ފުރަތަމަ ބައި 11:50 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ. އެ ހިސާބަށް އަޑުއެހުންތައް ނިންމާނުލެވިއްޖެނަމަ 12:30 އިން 13:30 އަށް އަޑުއެހުންތައް ގެންދާނެއެވެ.  13:30 އާއި ހަމައަށް ވެސް އަޑުއެހުން ނުނިމިއްޖެނަމަ މާދަމާވެސް އަޑުއެހުމެއް ބާއްވާނެއެވެ. 

މަހާޒްގެ އިތުރުން މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.

މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.  

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް