ads
ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށް، ޝާއިއުކޮށްފި
ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 57 ވަނަ މާއްދާ ކުށްވެރިންގެ ދަފްތަރު ޝާއިޢުކުރުން ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް ޝާއިޢުކޮށްފިކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ އާދުއްތަ ދުވަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި އޮތް ހަފްލާއެއްގައި، މިނިސްޓާ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

މިލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަން، މިނިސްޓްރީއަށް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، ކޯޓުން ހުކުމެއް ކުރުމާއެކު، އެހުކުމާބެހޭ މަޢުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީއަށް ދަނީ ފޯރުކޮށްދެމުންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިލިސްޓު، މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ. މިލިސްޓުގައި، ކުށްވެރިންގެ މަޢުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މަޢުލޫމާތު ބެލެން ހުންނާނެއެވެ.

 މިލިސްޓު އިތުރަށް ފުރިހަމަ ކުރައްވަން، ނުވަތަ ލިސްޓާބެހޭ ގޮތުން ޚިޔާލެއް އޮތްނަމަ، މިއީމެއިލަށް  [email protected]އީމެއިލް ކޮށްދިނުމަށް ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް