ads
މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފިލްޒާ
ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު ބަދަލުކޮށްގެން: ފިލްޒާ
މިވަގުތު ހާލަތު އޮތްގޮތުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު ބަދަލުކޮށްގެންކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިލްޒާ ވިދާޅުވީ އެކަމަށް ހައްލަކީ މަޖިލީހުގެ ގަވާއިދު "އެމްންޑުކުރުން" ނުވަތަ ބަދަލުކުރުން ކަމަށެވެ.  

އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށެވެ. ސަބަބަކީ މަޖިލީހުގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސްއަށްކަމަށް ގަވާއިދުގައި ބުނެފައިވާތީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވިގެންނެވެ. މަޖިލީހުގެ ޖަލްސާތަކަށް އީވާ ގެންދަވަނީ ޑެންގޫގެ އާލާސް ކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވަމުންނެވެ.  

"ގަވައިދަށް އެމެންޑްމެންޓެއް ގެންނަން ޖެހޭނީ. އެ ލަފާ އަޅުގަނޑުމެން މިހާރު ވެސް ދީފައިވާނީ،" -ފިލްޒާ-

މިއަދުގެ ޝަރީއަތުގެ ފުރަތަމަ ބައި 11:50 ގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެވަނަ ބައި ކުރިއަށް ގެންދިޔަީ 12:30 އިން 13:30 އަށެވެ. 13:30 އާއި ހަމައަށް ވެސް ވަނީ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. މާދަމާވެސް އަޑުއެހުމެއް ބާއްވާނެއެވެ. 

މައްސަލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މަހާޒްގެ އިތުރުން މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.

މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް