ads
އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލްގެ ވެސް އިތުބާރެއް ނެތް: ބިގޭ
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އަށް ވެސް އިތުބާރު ނެތް ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީގެ" ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑާއިގަންނަވާ ބިގޭ ވިދާޅުވީ އަށް މަސް ދުވަސްވަންގެން މުއައްސަސާއަކުން ހިދުމަތް ނުދެވި އޮތުމަކީ އެ މުއައްސަސާއެއް ފެއިލްވުންކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީސް ވެސް ފެއިލްވެފައިވާކަމަށެވެ. 

"މަޖިލީސް ފެއިލްވެއްޖެ. އެއީ މަޖިލިސް ހިންގަވަން ތިއްބެވި އިސްވެރިންގެ ސަބަބުން. މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް އަށް ވެސް އިތުބާރު ނެތް. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަވާ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ގޮތަކަށް އެ ދެބޭފުޅުން މަޖިލީހުގެ ހިންގާ ގަވާއިދާއި ގާނޫނު އަސާސީ ގެންދަވަނީ މާނަކުރައްވަމުންނެ،" ބިގޭ ވިދާޅުވިއެވެ. 

your imageރައްޔިތުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފިލްޒާ (ކ) އަދި އަމީން އާއްމު ނިއުޝާ (ވ) --

ބިގޭ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައުބު ރައީސް އީވާ އަބްދުﷲ އަށް މަޖިލީހުގެ މެންބަރުން ކުރައްވާ އިތުބާރު ގެއްލުނީ މަޖިލީހުގައި އެ ދެ ބޭފުޅުން ކަންކަން ކުރައްވާ ގޮތުންކަމަށެވެ. 

މަޖިލީހަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި ދެ ހަފްތާ ފާއިތުވަމުން ދަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ވިދާޅުވާތީއެވެ. 

މަޖިލީހުގެ އިދާރީ މޭޒުން ނިންމާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސްކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާއި މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދިފައެވެ. 

ސުޕްރީމް ކޯޓުގައި މިއަދު ވަނީ އަޑުއެހުންތައް ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް