ads
ފުލުހުންގެ މައި މަރުކަޒު: ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކަނިކޮށް ތިން ދިވެހިން ވަނީ ހައްޔަރުކޮށްފައި - ފޮޓޯ:އަވަސް
ވަގު ޑޮލަރުން ވިޔަފާރި ކުރި ދެ މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މިގޮތުން ފުލުހުން ވަނީ އެ ދެމީހުންގެ ވީޑިއޯއެއް މިއަދު އާންމުކޮށްފައެވެ. 

ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެދެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންކަމަށެވެ. 

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048  އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް