ads
ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، އުމުރުން 35 އަހަރުގެ ނޫހް މުޙައްމަދު ނައީމް
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މީހަކު ހޯދަނީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، އުމުރުން 35 އަހަރުގެ ނޫހް މުޙައްމަދު ނައީމް އެވެ. 

އޭނާ ހޯދަމުން އަންނަނީ  މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށެވެ. އޭނާ  ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށް، 2023 ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެެވެ.

ފުލުހުން ބުނީ ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. 

އޭނާ ހޯދަން އިއުލާނުކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް