ads
ޗައިނާ އެމްބެސެޑަ ބާސަރީ ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ބާސަރީތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ:އައިޔޫއެމް
ޗައިނާ އެމްބެސެޑަ ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ބާސަރީތައް ހަވާލުކޮށްފި
މަތީ ތައުލީމު ހާސިލު ކުރުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ދަރިވަރުންނަށް މާލީގޮތުން އެހީތެރިވުމުގެ މަގުސަދުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި އެ ޔުނިވާސިޓީ ގުޅިގެން "ޗައިނާ އެމްބެސެޑަ ބާސަރީ ޕްރޮގްރާމް" އަށް ހޮވުނު ދަރިވަރުންނަށް ބާސަރީތައް ހަވާލުކޮށްފި އެވެ.

އައިޔޫއެމުން ބުނީ މި ބާސަރީތައް ހަވާލުކޮށްފައި ވަނީ މިއަދު އެ ޔުނިވާސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިން ކަމަށެވެ.

ޗައިނާ އެމްބެސެޑަ ބާސަރީ ޕްރޮގްރާމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ޗައިނާ އެމްބަސީ އާއެކު، ޕްރޮގްރާމާ ގުޅޭ ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގަ އެވެ. 

ޗައިނާ އެމްބަސީ އާއި އައިޔޫއެމް ގުޅިގެން ފެށުނު މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 14 ދަރިވަރަކަށް ވަނީ ބާސަރީ ލިބިފައި ކަމަށް އައިޔޫއެމުން ބުނެ އެވެ. އައިޔޫއެމުން ބުނެފައި ވަނީ މި ދަރިވަރުންގެ ތެރެއިން ކޮންމެ ދަރިވަރަކަށް ޓިއުޝަން ފީ ގެ ގޮތުގައި ޖުމްލަ 10،000 ދިވެހި ރުފިޔާ ލިބޭނެ ކަމަށެވެ. މި ބާސަރީތައް ދަރިވަރުންނަށް ހަވާލުކޮށްދެއްވީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާ އެކްސެލަންސީ ވަންގް ލީޝިން އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

your imageޗައިނާ އެމްބެސެޑަ ބާސަރީ ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ބާސަރީތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ:އައިޔޫއެމް

ޗައިނާ އެމްބެސެޑަ ބާސަރީ ޕްރޮގްރާމަކީ ޗައިނާގެ މުއްސަނދި ސަގާފަތަށް ރާއްޖޭގެ ޒުވާނުން އަހުލުވެރިކޮށް، ރާއްޖޭގެ ޒުވާން ޖީލަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދެވިގެންދާނެ ޕްރޮގްރާމެއް ކަމަށް އައިޔޫއެމުން ބުނެ އެވެ.

އައިޔޫއެމުން ބުނި ގޮތުގައި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޗައިނާގެ ސަފީރު ހާ އެކްސެލަންސީ ވަންގް ލީޝިން އަދި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން ބާސަރީތައް ލިބުނު ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާއި އެ ޔުނިވާސިޓީގެ ސީނިއަ މެނޭޖްމެންޓްގެ ބޭފުޅުންނާއި މުވައްޒަފުން އަދި ދަރިވަރުން ބައިވެރިވެވަޑައިގެންނެވި ކަމުގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް