އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ، ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝަކޫރުއެވެ. އޭނާގެ އުމުރަކީ 22 އަހަރެވެ.
އޭނާ ވަނީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ކޯޓުގައި ކުށަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ ގަސްދުގައި ކުރިކަމެއް ނޫންކަމަށް އޭނާ ބުނެއެވެ.
ދައުލަތުން އެދުނީ އެދުނުގޮތައް އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލުހުކުމެއް ކޯޓުން ކުރިއަސް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލުހުކުމެކެވެ.
ހުކުމް ކުރިއިރު ޝަމްއާން ހުރީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްފައެވެ. އޭނާ ދޫކޮށްލާފައިވަނީ ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހުމަށް ފަހުއެވެ.