ads
ބަންގްލަދޭޝްގެ ބައެއް ކުޅުންތެރިން
ކްރިކެޓް ވޯލްޑްކަޕް: ބަންގްލަދޭޝް އަތުންވެސް ލަންކާ ބަލިވެއްޖެ
ކްރިކެޓް ވޯލްޑްކަޕްގައި ބަންގްލަދޭޝް އަތުންވެސް ލަންކާ ބަލިވެއްޖެއެވެ.

މުބާރާތުން ކަޓާފައިވާ ލަންކާ އަދި ބަންގްލަދޭޝް މިރޭ ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ، 53 ބޯޅަ ބާކީ އޮވެ، ތިން ވިކެޓުންނެވެ. މިއަދުގެ މެޗުން ބަލިވުމުން، މުބާރާތުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ލަންކާ ބަލިވީއެވެ. 

މިއަދުގެ މެޗުގެ ޓޮސް ދިމާވީ، ބަންގްލަދޭޝް އަށެވެ. އެ ޓީމުން ގަސްދުކުރީ ފުރަތަމަ އުކާށެވެ. ލަންކާއިން ކުޅެން ނުކުމެ، 279 ލަނޑު ހެދިއެވެ. އެއީ 49.3 އޯވަރަށެވެ. 

ޖަވާބުގައި ބަންގްލަދޭޝް ކުޅެން ނުކުމެ، 41.1 އޯވަރުން 282 ލަނޑު ހަދައި މެޗު ކާމިޔާބު ކުރީއެވެ. 

ކްރިކެޓް ވޯލްޑްކަޕުގައި މާދަމާ ކުޅޭނީ އޮސްޓްރޭލިއާއާ އަފްގާނިސްތާނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް