ސާރާ ވަނީ ދާދި ފަހުން ގިނަ އިވެންޓުތަކެއްގައި ރީތި ހެދުންތަކެއްގައި ބައިވެރިވެފައެވެ. އެގޮތުން އެންމެ ފަހުން ސާރާ ބައިވެރިވީ ފެޝަން ޑިޒައިނަރު މަނީޝް މަލޯތްރާގެ ދިވާލީ ޕާޓީގައެވެ. އެ ޕާޓީގައި އޭނާ ލައިގެން ހުރީ ބަނޑު ފެންނަ ހެދުމެކެވެ.
އެ ޕާޓީގައި ބައިވެރިވުމުގެ އެއް ދުވަސްކުރިން ސާރާ ވަނީ އޭނާގެ ބަނޑު ފަލަކަން ފެންނަގޮތައް ފޮޓޯއެއް ނަގައި އޭނާ ފޭނުންނަށް ދައްކާލާފައެވެ.
ނަމަވެސް މަނީޝްގެ ޕާޓީން ސާރާ ފެނުނުއިރު އޭނާގެ ބަނޑުގައި އެންމެ މަސްކޮޅެއްވެސް ނެތެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސާރާ ބުނީ އޭނާ ބަނޑު ހިންދައިލީ އެންމެ ދެ ހަފްތާއިން ކަމަށެވެ. އަދި އޭނާ ފަލަ ބަނޑަކާއެކު ފޮޓޯއެއް އާންމުކުރީ ހިކުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއްކަން ހާމަކޮށްދިނުމުގެ ގޮތުންކަމަށެވެ.