ބޮކްސް އޮފީހުގައި ނާކާމިޔާބުވި ނަމަވެސް ފަހުން ޓީވީން އެންމެ ގިނައިން ބަލި އެއް ފިލްމަށް އެ ފިލްމު ވެގެން ދިޔައެވެ.
އެ ފިލްމު ނުކުޅޭނެކަމަށް ބުނި އެކްޓަރުންގެ ތެރޭގައި ގޯވިންދާ، ސަލްމާން ހާން، ޝާހްރުކް ހާން، އަދި އާމިރު ޚާން ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
ސޫރިޔާވަންޝަމް އަކީ 1999 ވަނަ އަހަރު އިންޑިއާގެ ހިންދީ ބަހުން އުފައްދާފައިވާ ޑްރާމާ ފިލްމެކެވެ. ފިލްމުން ދައްކުވައިދެނީ ހަރުކަށި ބައްޕައެއްގެ ސަބަބުން ދަރިފުޅާއި ބައްޕައާއި އޮންނަ ގުޅުން ކެނޑޭގޮތެވެ. އަދި ބައްޕަގެ އެހީތެރިކަމާއި ނުލައި ދަރިފުޅު ކާމިޔާބު ވިޔަފާރިވެރިއަކަށް ވާ ގޮތެވެ.