އެ ރިޕޯޓުގައި ބުނެފައިވާގޮތުން 2020 ވަނަ އެކަނިވެރި މައިންގެ އިނާޔަތް ލިބެންނުޖެހޭ 9 މީހަކަށް އެ އިނާޔަތް ވަނީ ދީފައެވެ. އެ ފައިސާގެ އަދަދު 93،000 ރުފިޔާއަށް އަރައެވެ.
މިގޮތުން އެކަނިވެރި މައިންގެ ފައިސާ ލިބެނީ ކައިވެނި ނުކޮށް އުޅޭ މީހުންނަށް ނަމަވެސް، އެ ފައިސާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ވަނީ ދީފައެވެ.
އެލަވަންސް ދިނުމުގައި އިހުމާލުވި މުބައްޒަފުންނަށް ފިޔަވަޅު އަޅަންވެސް އޮޑިޓާޖެނެރަލް ވަނީ އެންސްޕާއަށް އަންގަވާފައެވެ.
ޒިންމާ ނެގުމަށް މުވައްޒަފުން ދެކޮޅު ހަދާ ނަމަ ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފައެވެ.