އިންޑޮނޭޝިއާ، މެލޭޝިއާ އަދި ޕާކިސްތާނުގައި ވެސް ޖަވާން އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައިއެވެ.
ބޮލީވުޑް ފިލްމުތަކަށް އެފްރިކާގައި ވަރަށްބޮޑު ފޯރިއެއް ހުރެއެވެ. އަދި ޝާހްރުކް ހާނަކީ އެފްރިކާގައިވެސް ވަރަށް މަގުބޫލު ތަރިއެކެވެ
ޖަވާނުގައި ދައްކުވައިދޭ ކޮރަޕްޝަންގެ މައްސަލަތައް ގިނަބަޔަކަށް ވަނީ ކަމުގޮށްފައެވެ.
ނައިޖީރިއާގައި ފިލްމު އަޅުވާނެކަން މިހާރު ޔަގީންވެފައިވާއިރު މި ފިލްމަށް ނައިޖީރިއާގެ ފޭނުންގެ ރިއެކްޝަންތައް ވަރަށް ވަރުގަދަ އެވެ.
ޖަވާން އިން ދައްކައިދެނީ އިންތިހާބުވެފައިވާ ލީޑަރުންގެ ގޯސް އަމަލުތަކުން ދަނޑުވެރިންނާއި ޑޮކްޓަރުންނާއި މަސައްކަތްތެރިންގެ ކުރިމަތިލާން ޖެހޭ ދަތިހާލެވެ.