އެގޮތުން 2014 އިން ފެށިގެން ލޭމައްޗަށް ދިޔުމަށް ބޭސް ކުރަންފަށާއިފާވާއިރު، 2016 އިން ފަށައިގެން ދިފާއީ ނިޒާމް ހަލާކުކޮށްލާ ބެޗެޓްސް ޑިޒީޒް، އަދި ހަކުރު ބަލީގެ ޓައިޕް 2 އަށް ވަނީ ޑަޔަގްނޯސް ވެފައެވެ. އަދި ގައިގެ މަސްތަކުގެ ބާރު ދެރަކޮށްލާ ބައްޔެއް ކަމުގައިވާ މަޔަސްތީނިއާ ގްރެވިސް އަށް ވެސް ޝައިހާން އަންނަނީ ފަރުވާ ހޯދަމުންނެވެ.
މި ހުރިހާ ބައްޔަކާއި ހަނގުރާމަ ކުރަމުން ދަނިކޮށް، މިދިޔަ އަހަރު ތެރޭގައި އަނގައިގެ ކެންސަރު ޖެހި ޝައިހާނާއި އާއިލާއަށް މިވަނީ އިތުރު މާޔޫސް ކަމެއް ކުރިމަތި ވެފައެވެ.
ޝައިހާންގެ ބަލިތަކާއި ގުޅިގެން ދުވާލަކު 15 ގުޅަ ބޭސް، ދެ އިރު އިންހޭލާ އަދި 4 އިންސިއުލިން ބޭނުންކުރަން ޖެހެއެވެ.
ފަރުވާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބި މިދިޔަ ޖޫން މަހުން ފެށިގެން ގިނައިން ހޮޑުލެވި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ރާއްޖޭގައި މެނމެޓްރީ ޓެސްޓާއި ނިއުކްލިއާ ސްކޭން ފަދަ ކަންކަން ކުރެވެން ނެތުމުންނާއި ގޭސްޓްރުއެންޓުރޮލޮޖިސްޓަކަށް ދައްކަން ބޭނުންވާތީ، އާއިލާއިން ބޭނުންވަނީ ޝައިހާންގެ ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށެވެ.
ޝައިހާންގެ ފަރުވާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މާލީ ދަތިކަމެވެ. ދާދި ފަހުން ވެސް ފަރުވާއަށް އިންޑިއާގައި ދުވަސްތަކެއް ހޭދަކޮށްފައިވާތީ މިވަގުތު ހާލަތު ހުރިގޮތުން ފަރުވާއައް އަލުން ބޭރަށް ފުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތި ވެފައެވެ. އެހެން ކަމުން އާއިލާއިން އެދެނީ އެންމެހާ ފަަރާތްތަކުގެ ދީލަތި އެހީއަކަށެވެ.
ފަރުވާއަށް ބޭނުންވާ ވަރަށް ފައިސާގެ އެހީ ލިބިއްޖެނަމަ މި މަހު ރާއްޖޭން ބޭރަށް ފުރުމަށް އާއިލާއިން ވަނީ ނިންމާފައެވެ. ޝައިހާނަށް އެހީތެރިވުމަށް ފައިސާ ފޮނުއްވާނީ 7730000268642 އަދި 7730000430149 މި ދެ އެކައުންޓަށެވެ.