ads
ރައީސް ޔާމިން އަދި ޑރ. ޖަމީލް
ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލައިފި
ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ވ. އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ދައުލަތަށް ދައްކަން އަމުރުކޮށްފައިވާ ފަސް މިލިއަން ޑޮލަރު ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ، އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު، އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފައި، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް އިއްވާފައި ވަނީ  މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާ ނިންމާފައި ނުވާތީ ދައުލަތުން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ އަންގާރަ ދުވަހުއެވެ.  ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަހްސަން އިއްވި ހުކުމުގައި ބަޔާންކޮށްފައި ވަނީ، ހައިކޯޓުގެ އިސްތިއުނާފްގެ މައްސަލަ ނިމޭނެ ދުވަހެއް ނޭންގޭތީ މި މައްސަލަ ސިވިލް ކޯޓުގައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި، ހައިކޯޓުގެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމިއްޖެނަމަ އަލުން މި ފައިސާ ހޯދަން ރައީސް ޔާމީނާ ދެކޮޅަށް ދައުލަތަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް