އެ ބިމަކީ، 10،118.07 އަކަފޫޓުގެ ބިމެކެވެ. ބިން ގަނެފައިވަނީ އާބަންކޯއަށް ފައިސާ ދައްކައިގެންނެވެ.
މި މައްސަލަ މިހާރުވަނީ ސިވިލްކޯޓުގައި ރެޖިސްޓްރީކޮށް ހުކުމްވެސް ކޮށްފައެވެ.
ޕެންޝަން އޮފީހުން، ބިމުގެ އަގަށްވާ ފައިސާ ދައްކާފައިވާކަމަށާއި، އަދި އެ ބިން ވިއްކުމުގެ ހުރިހާ ގާނޫނީ ހަމަތަކެއް އާބަންކޯއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވެެއެވެ.
އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން އެ ބިން ވިއްކުމުގެ ޝަރުއީ އަދި ގާނޫނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާތީ، އެ ބިން ޕެންޝަން އޮފީހުން ގަނެ، ވިޔަފާރީގެ އަގު ދައްކައި ހަލާސްކޮށްފައި ވާތީ، އެ ވިޔަފާރީގެ މުއާމަލާތައް ފުރިހަމަވާތީ، އެ ބިމުގެ މިލްކުވެރި ފަރާތަކީ ޕެންޝަން އޮފީސްކަމަށް ސިވިލްކޯޓުން ވަނީ ބުނެފައިއެވެ.