ވައިޓް ހައުސް އިން އޭނާއަށް ދައުވަތު ދީފައިވަނީ އިންޑިއާގެ ދިވާލީ ޕާޓީއެއްގައި ބައިވެރިވުމަށެވެ.
ކެނެޑާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅަށް ޅެންވެރިޔާ ބުނީ އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ބުދަ ދުވަހު ބާއްވާ ރޭގަނޑުގެ ކެއުމުގައި ބައިވެރި ނުވެވާނީ ބައިޑެންގެ ވެރިކަމުން އިސްރާއީލަށް ތާއީދު ކުރަމުންދާތީ އާއި ގައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅަމުންދާތީ ކަމަށެވެ.
ރޫޕީ ކައުރަކީ ކެނެޑާގެ ޅެންވެރިއެއް، ކުރެހުންތެރިއެއް، ފޮޓޯގްރާފަރެއް، އަދި ލިޔުންތެރިއެކެވެ. އިންޑިއާގެ ޕަންޖާބަށް އުފަން ކައުރު އާއިލާއާއެކު ޒުވާން އުމުރުގައި ކެނެޑާއަށް ހިޖުރަކުރިއެވެ. 2009 ވަނަ އަހަރު ޅެންވެރިކަމުގެ ހުނަރު ދައްކަން ފެށި ރޫޕީ އެންމެ މަގުބޫލީ އިންސްޓަގްރާމްގައިއެވެ.