ads
އާސިމް ރ އަތޮޅަށް ކުރަމުން ގެންދާ ދަތުރުގެތެރެއިން
ރަސްގެތީމު ފެމިލީ އަލިބެ ގެ އާސިމް އަށް އޮތް އަތޮޅު ލޯބި ދައްކާލައިފި
ފިލްމީ ތަރި އާސިމް އޭނާގެ އަތޮޅަށް ދިޔައީ ދަ ޑިމޮކްރެޓްސް ޕާޓީ ގެ އެތެރޭގެ އިންތިހާބުގައި ރ އަތޮޅު ރައީސަކަށް ނުކުމެ ކެމްޕޭން ކުރުމާއި ޕާޓީ ގެ މެމްބަރުން އިތުރުކުރުމަށްށެވެ.
Advertisement

އާސިމްގެ އަތޮޅުން އާސިމް އަށް އޮތް ލޯބި ބޮޑެވެ. އުފަން އަތޮޅަށް ދިއުމުން އާސިމް އަށް  ލިބުނު އުފާވެރިކަން އެހާބޮޑެވެ.  ކާމިޔާބު ދަތުރެކެވެ.  އަލިފުށިން ފެށިގެން ވާދޫން  ރަސްގެތީމާއި ހަމަޔަށް އާދެވުނު އިރު އާސިމް ހިންހަމަޖެހޭ ވަރު ނަތީޖާއެއް ނެރެވުނެވެ. ހުޅުދުއްފަހަރުގައި މިވަގުތު އާސިމް ހުރި އިރު  މިހާތަނަށް އެންމެބޮޑު ނަތީޖާއެއް ނެރެވުނީ އާސިމްގެ އުފަން ރަށުން އަދި މިހާރު މަޑުކޮށްގެންހުރި ހުޅުދުއްފަހަރުންނެވެ.  މިހާތަނަށް ސަތޭކަ ފަންސާސް ފޯމް  ފުރައި ޑިމޮކްރެޓްސް އަށް ގިނަ މެމްބަރުން ރާ އަތޮޅުއިން ވައްދައިފިއެވެ   އަދި ބޮޑު އާބާދީތައް މި ދަތުރުގައި އޮތީއެވެ.  ރައީސް ނަޝދުގެ ސަޕޯޓަރުން މުޅި ރާއަތޮޅުގައިވެސް ވަރަށްގިނަވާނެއެވެ.  

ސީއެން އެމްއަށް މައުލޫމާތު ދެމުން އާސިމް ބުނީ މިވަގުތު އެމްޑީޕީގާ ތިބި ދޮށީ އުމުރުގެ މީހުންނާއި އާމު ގިނަ މެމްބަރުން ނަކީވެސް  ރައީސް ނަޝީދުގެ ސަޕޯޓަރުން ނެވެ. ނަމަވެސް އެމްޑީޕީ ހިސޯރު ކޮށްފާއި ވާތީ އެ އެންމެން އަނބުރާ ރައީސް ނަޝީދު ގެ އާޕާޓީ ދަ ޑިމޮކްރެޓްސް އާއި ބާރު ސްޕީޑްގައި ގުޅެމުން އަންނަކަމަށްށެވެ. އާސިމްގެ ދެން އޮތީ އުނގޫފާރު ދަތުރެވެ.

އާސިމް ބުނީ އޭނާގެ ދަތުރު ނިމޭއިރު، ޑިމޮކްރެޓްސް އަށް އެންމެ މެންބަރުން ގިނަ އަތޮޅަކަށް ރ އަތޮޅުވާނެކަމަށެވެ. މިގޮތުން މިހާތަނަށް ވެސް 150 މެންބަރުން އެ ޕާޓީއަށް އާސިމްގެ ދަތުރުގައި ވަދެފައިވާކަަމަށް އާސިމް ބުންނެޏެވެ. 

"މި ރަށްރަށުގަ މީހުން ތިބެނީ ސިވިލް ސާވިސް ވަޒީފާއަށް ބަރޯސާވެގެން. މީހުންގެ މާލީ ހާލަތު ހުރިގޮތުން ގެސްޓުހައުސްފަދަ ތަންތައް އަޅައިގެންވެސް އާމްދަނީ ހޯދާނެ މާބޮޑު ގޮތެއް ނެތް. ކޮންމެ އިންތިހާބަކަށް ކަޅު ދަބަހެއް ހިފައިގެން އަރައި ލާރިބަހާ ޕޮލިޓީޝަނުން މީހުން ގަނެލަނީ މިހެންވެ،" އާސިމް ބުންޏެވެ.

އާސިމް ބުނީ އެނާގެ ދަތުރުގެ ސަބަބުން، ދަ ޑިމޮކްޓެސް އަށް ރ އަތޮޅުގެ ހުރިހާ މަޖިލިސް ގޮނޑިއެއް ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ. 

ރަސްގެތީމް ފެމެލީ އަލިބެ އަކީ ކާކު؟

ރަސްގެތީމް ފެމެލީ  ހެލްތް ވޯކަރު އަލްމަރުހޫމް އަލީ އިބްރާހިމް އާއި ސަކީނާ ޔޫނޫސްގެ ދަރި އަހުމަދު އާސިމް ރާއްޖޭގެ އެންމެން ދަންނަނީ ފިލްމީ ތަރިއެއްގެ ގޮތުގައެވެ. 

your imageއާސިމް އޭނާގެ ބައްޕަ އަލީއާއެކު

ނަމަވެސް އާސިމްގެ ބައްޕަ ފެމެލީ އަލިބެ  މީހުން ދަންނަނީ ފިލްމް ކުޅޭ މީހެއްގޮތުގައެއްނޫނެވެ.  އަލިބެ އަކީ ހާއްސަކޮށް ރާ އަތޮޅުގެ އެންމެން ދަންނަ އެންމެންގެ ލޯބި ހޯދާފައިވާ ހިދުމަތް ތެރިއެކެވެ .  އާސިމް ދުނިޔެއައް އުފަންވުމުގެ ކުރިންވެސް އަލިބެ އަކީ  ހިދުމަތްތެރިއެކެވެ. ރާ އަތޮޅަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެޒަމާނުގައި ރާއްޖޭގައި ޑޮކްޓަރުން މަދެވެ، އޭރު ރައްރަށުގައި ތިބި މަދު ހެލްތު ވޯކަރުން ތެރޭން އެންމެ ފާހަގަކޮށްލެވޭ އެކަކީ ރަސްގެތީމް ދޮނގެތިމާގޭ އަލީ އިބުރާހިމް އެވެ.  ,ފެމެލީ އަލީ ނުވަތަ ސިއްހީ އަލީ އެވެ .  އެނަން ކިޔުމުން އެ އަތޮޅުގެ އެންމެން ދަނެއެވެ .  އެންމެންނާ އެހާ ގާތެވެ.  މިހާރު ދުނިޔޭގައި ނެތެއްކަކު އަލީގެ ހިދުމަތާއި ލޯބި މިދުނިޔެއަކާއި ވަތްކެއް ނުވެއެވެ. އަދި ހާއްސަކޮށް ރާ އަތޮޅުގެ އެންމެގެ ފެމެލީ އަލީ މަތިން ހަންދާންނުނެތޭނެއެވެ.  

އަލީ މިދުނިޔޭގައި ނެތް ކަމަކު އަލީގެ ހަމައެކަނި ހުރި ދަރިފުޅު އާސިމް އަކީވެސް ހިދުމަތް ތެރި އެކެވެ.  އާސިމް ހިދުމަތް ކުރަނީ ފަންނީ މަސައްކަތުން އާމުންގެ މުނިފޫހިފިލުވާދިނުމުގައެވެ. އާސިމް ގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރަން ޖެހުނީ  ބައްޕައާއި ވަކިން މަންމަކައިރީ ގައެވެ. އަލީ އިބުރާހިމް އޭރު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އެކުވެރި އުނގޫފާރު ހޮސްޕިޓަލްގައި  ހިދުމަތްކުރެއްވި އިމާދު އާއި އެކު އެޓީމްގައި އަތޮޅުތެރޭ ބަލިމީހުން ބެލުމާއި ވެކްސިން ދިނުމުގައެވެ. އޭރު މީހަކު ބަލިވީމާ މާލެ ގެންނާކަށް ފަސޭހައެއް ނޫނެވެ .ޑޮކްޓަރީ ފަރުވާއެއް ހޯދަން އޮތް ހަމައެކަނި ހައްލަކީ އަލީއެވެ.  ބަލިވިޔަސް  ތަނެއް މެށުނަސް ބޭސް އަޅާދޭނީ އަލީއެވެ. 

އެހެންކަމުން އެއީ އެންމެންގެ ފެމެލީއަލީއެވެ.  އަލީގެ އެންމެ ގައި އަދި އެންމެ ފޭވަރިޓް ޑޮކްޓަރަކީ  އޭރު އުނގޫފާރު ހޮސްޕިޓަލްގައި ހުރި ޑޮކްޓަރު ޖޯޖެވެ. މިހާރުގެ ކުދިން ހަދާން ނެތެއްކަމަކު އެކުދިންގެ މައިންބަފައިންނައްއެނގޭއެވެ. 

އާސިމް އަކީ ފިލްމީ ދާއިރާގައިވެސް މަގުބޫލު މަސައްކަތްތަކެއް ކޮށް، ދިވެހިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އާސިމް މިހާރު ކުރަމުގެންދަނީ އޭނާ ބައިސްކޯފަށް ހަދަމުން އަންނަ "ވިހާލި" ސީރީޒްގެ މަސައްކަތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް