ކަރަން ޖޯހަރު ވަރަށް ސީދާ ކޮށް ސާރާއާއި ވަނީ މުހިންމު ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން ސާރާއާ ކާރްތިކް އާރިޔަން އާއި ލޯބީގެ ގުޅުން ނިންމާލުމަށްފަހު ރަހުމަތްތެރިކަން ބޭއްވުމަކީ ކިހާ ފަސޭހަ ކަމެއް ތޯ؟ ސުވާލުކުރިއެވެ.
އެ ސުވާލަށް ސާރާ ވަނީ ޖަވާބު ދީފައެވެ.
ސާރާ ބުނީ ކާތިކް އަރްޔަން އާއި ގުޅުން ބާއްވަން ދަތި ނަމަވެސް، އޭނާ މަސައްކަތް ކުރާ އިންޑަސްޓްރީގެ ސަަަބަބުން ރަހުމަތްރެރިކަމުގެ ގުޅުން ނުބާއްވާ އުޅުން ދަތިކަމަށެވެ.
ކާތިކް އަރްޔަންއަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ އުންމީދީ ޒުވާން އެކްޓަރެވެ. އޭނާއަށް އަންނަނީ ގިނަ ފުރުސަތުތަކެއް ވެސް ލިބެމުންނެވެ. މިގޮތުން އޭނާ މިހާރު އަންނަނީ "ބޫލުބުލައްޔާ 2" ކުޅުމަށް ތައްޔާރުވަމުންނެވެ. "ބޫލުބުލައްޔާ 2" ކުރުޅުމުގެ ފުރުސަތު ކާތިކް އަށް ލިބުނީ ބޮލީލުޑުގެ މަޝްހޫރު ތަރި އަކްޝޭއާއި ވާދަކޮށްގެންނެވެ.