ads
އަލީ ރަމީޒު
ދެން ދުވަހަކުވެސް ކޮކާ ކޯލާއެއް ނުބޯނަން: އަލީ ރަމީޒް
ލާއިންސާނީ އިޒްރޭލާ ދެކޮޅު ހެދުމުގެ ގޮތުން، ދެން ދުވަހަކުވެސް ކޮކާ ކޯލާ ނުބޯނެ ކަމަށް ޖަމިއްޔަތުއް ސަލަފްގެ އަލީ ރަމީޒް ބުނެފިއެވެ.

އަލީ ރަމީޒު މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އަނިޔާވެރި އިޒްރޭލާއި ދެކޮޅު ހަދަން ޖެހޭ ކަމަށެވެ. 

އަލީ ފޭސްބުކްގައި ކުރި އެ ޕޯސްޓްގައި "އަޅުގަނޑު ދެން ދުވަހަކުވެސް އިންޝާﷲ ކޮކާ ކޯލާ ނުބޯނަން، ނިމުނީ" ކަމަށް ބުނެފައި ވެއެވެ.

އަލީ މިގޮތަށް ނިންމާފައިވަނީ ކޮކާ ކޯލާ ކުންފުނިން އިޒްރޭލަށް ވާގިވެރިވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ. އަދި އޭނާ ވަނީ މީގެ ކުރިންވެސް ފަލަސްތީނުގެ ހައްގުގައި މީސްމީޑިއާގައި އެކި ފަހަރު މަތިން އަޑު އުފުލާފައެވެ.

ކޮކާ ކޯލާގެ އިތުރުން ޔަހޫދީންގެ އުފެއްދުންތައް ކަމަށްވާ މެކްޑޮނަލްޑްސް އާއި ނެސްލޭ ފަދަ ކުންފުނިތައް ގިނަ ބަޔަކު ދަނީ ބޮއިކޮޓް ކުރަމުންނެވެ.

އިޒްރޭލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މަރާލައިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް ވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. 

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް