ads
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ
ސަރުކާރު ބަދަލުވިއަސް އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ދާނެ: އައިއީބީ
ސަރުކާރު ބަދަލުވިއަސް އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ދާނެކަމަށް އިންޑިއާގެ އެކްޒިމް ބޭންކް (އައިއީބީ) އިން ބުނެފިއެވެ.

އައިއީބީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އެން ރަމޭޝް "އިކޮނޮމިކް ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިގައި ވިދާޅުވީ،  ސަރުކާރު ބަދަލުވިއަށް އެ ބޭންކުން ރާއްޖެއަށް ދެމުން އަންނަ އެހީތައް ހުއްޓާލަންވެސް ނިންމާފައިނުވާކަމަށެވެ. 

"ތަރައްގީއާ ގުޅުންހުރި ޕްރޮޖެކްޓުތަކާމެދު ނިންމާ ނިންމުމެއް ނިންމާނީ ވިސްނުންތެރިކަމާއެކު. މިވަގުތު ތިޔަ ވިދާޅުވާފަދަ ކަންބޮޑުވުމެއްނެތް،" އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓިދާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ.

އައިއީބީގެ ލައިން އޮފް ކްރެޑިޓުގެ ދަށުން، ރާއްޖެއަށް މިހާތަނަށް 1.4 ބިލިއަން ޑޮލަރު ވަނީ ދޫކޮށްފައިއެވެ. 

އިންޑިއާގެ އެކްޒިމް ބޭކުގެ ލައިންއޮފް ކްރެޑިޓްގެ ދަށުން މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ އެންމެ މުހިންމު އަދި ބޮޑު އެއް މަޝްރޫއަކީ މާލެ-ތިލަމާލެ ބުރިޖުގެ މަޝްރޫއުއެވެ. 

މި މަސައްކަތައް 500 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު އެއީ ގާތްގަނޑަކަށް 7.7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. 

މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއ ވަނީ އިންޑިޔާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ އެހީ އަކާއި، އިންޑިޔާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނު އެހީ އަކާއި އެކު ބާކީ ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް