ads
ރާއްޖޭގެ ރުއްތަކުގެ އުފެއްދުންތެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުން ވަނީ ބާއްވާފައި - ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ
ރުއްތަކުގެ އުފެއްދުންތެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުން ބާއްވައިފި
ރާއްޖޭގެ ރުއްތަކަށް މިހާރު ފެތުރެމުންދާ ބައްޔަކާ ގުޅިގެން އެ ބަލި ދެނެގަތުމަށާއި ރުއްތަކުގެ އުފެއްދުންތެރިކަމަށް އާރޯކަމާއި، ކާށީގެ ސިނާއަތަށް އިތުރަށް ދިރުން ގެނެސްދިނުމަށްޓަކައި ރުއްތަކުގެ ހާލަތު ދެނެގަތުމަށް ފުޑް އެންޑް އެގްރިކަލްޗަ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ ފަންނީ އެހީތެރިކަމާ އެކީ އެގްރިކަލްޗަ މިނިސްޓްރީން ހިންގާ މަޝްރޫއުގެ މަސްލަހަތުވެރިންގެ ބައްދަލުވުމެއް، ބުދަ ދުވަހު ބާއްވައިފި އެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ރުއްތަކަށް މިހާރު ފެތުރެމުންދާ ބައްޔާއި ބަލި ކޮންޓްރޯލުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ރާއްޖޭގައި މިހާރު ހުރި ރުއްތަކުގެ އުފެއްދުންތެރިކަމުގެ ހާލަތާއި ރުއް އިންދާ އާލާކުރާނެ ގޮތާއި ރާއްޖޭގެ ރުކުގެ ސިނާއަތަށް އާރޯކަން ގެނައުމަށް ކުރެވެންހުރި ކަންކަމުގެ އިތުރުން ކާށީގެ ވެލިއުއެޑެޑް އުފެއްދުންތަކާ ބެހޭ ގޮތުން FAO އިން މި މަޝްރޫއަށް ކަނޑައަޅާފައިވާ، ކަމާ ގުޅޭ ފަންނީ ތިން މާހިރުން މައުލޫމާތުދީފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ކަމާ ގުޅުންހުރި ތަފާތު މުއައްސަސާތަކުން 54 ފަރާތެއް ބައިވެރިވި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

your imageރާއްޖޭގެ ރުއްތަކުގެ އުފެއްދުންތެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުން ވަނީ ބާއްވާފައި - ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ

އެގްރިކަލްޗަ މިނިސްޓްރީން ބުނެފައި ވަނީ މި ޓީމުން މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހަށް ހއ، ހދ، ށ، ކ، އއ، އދ، ލ، ޏ އަދި އައްޑޫސިޓީއަށް ދަތުރުކޮށް، ރުއްތަކުން ސާމްޕަލް ނަގައިގެން ބަލީގެ ތަހުލީލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި މިހާރު ހުރި ރުއްތަކުގެ ހާލަތު ދިރާސާކޮށް، އުފެއްދުންތެރިކަމުގެ މިންވަރު ދެނެގަނެ، ރާއްޖޭގެ ރުކުގެ ސިނާއަތަށް އާރޯކަން ގެނައުމަށް ކުރެވެން ހުރި ކަންކަންވެސް ވަނީ ދެނެގަނެފައި ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް