ads
ކްރިމިނަލް ކޯޓު
ކުޑަކުއްޖާއަށް އަނިޔާކުރި މީހާގެ ބަންދު އިތުރުކޮށްފި
ކުޑަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިޔާ މެއިޑުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުޑަ ކުއްޖަކަށް އަނިޔާކޮށްގެން ހައްޔަރުކޮށްފައިވާ އިންޑިޔާ މެއިޑަކީ 22 އަހަރުގެ އަންހެނެކެވެ. އޭނާ އަނިޔާކޮށްފައިވަނީ އޭނާއާ ބެލެހެއްޓުން ހަވާލުކޮށްފައިވާ ކުޑަ ކުއްޖަކަށްކަންވަނީ އެނގިފަ އެވެ.  އެ މައްސަލައިގައި އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން އަނެއްކާވެސް ކޯޓަށް ހާޒިރުކޮށް އެ މީހާ އިތުރު 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.

އިންޑިޔާ މި އަންހެން މީހާގެ މައްޗަށް ފުލުހުން ކުރަނީ، ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.

އަންހެނަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ފަހުން އާއްމުވެފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް