ads
ކެބިނެޓް ބައްދަލުވުމެއް: ފޮޓޯ:ރައީސް އޮފީސް
ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވާނީ ބަޖެޓުގައި ހިމަނާފައި: ރައީސް
ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަސު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މުސާރަށް ރަނގަޅު ބަދަލެއް ގެނެސްދެވިފައިވާނެކަމަށެވެ. އަދި މިހާތަނަށް ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއިން މުސާރަ ބޮޑުކޮށްދެވިފައިވާއިރު، އަންނައަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފައިސާ ހަމަޖައްސަން ހިމަނާފައިވާނެކަމަށެވެ. 

"ތަޢުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިއްޖެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވީ ޖުޑިޝަރީއާއި، ސިފައިންނާއި، ފުލުހުންނާއި ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅާފަ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އަންނަ 2024 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ. 

ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ވެސް ބުނެފައިވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށެވެ.  

ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް 40 އިންސައްތަ ބޮޑު ކުރާނެކަން ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވެސް އިއުލާން ކުރައްވައިފައިއެވެ. 

ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ޖެނުއަރީއިން ފެށިގެން 40 އިންސައްތަ ބޮޑު ކުރާނެކަން ރައީސް އިއުލާން ކުރައްވާފައިވަނީ ބ.ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލުސާގައިއެވެ. 

ރައީސް ސޯލިހު ކެމްޕޭނުތެރޭގައި ވަނީ މުސާރައަށް ބަދަލުއަންނާނެ ގޮތުގެ ބައެއް ތަފްސީލުތައްވެސް ދެއްވާފައިއެވެ. 

އެގޮތުން ފުލުހުންގެ ކޮންސްޓެބަލްއަކަށް މިހާރު ލިބޭ 11000 ރުފިޔާއިން 15400 ރުފިޔާއަށް ބޮޑުވާނެ އެވެ. ސިފައިންގެ ކޮންސްޓެބަލްއެއްގެ މުސާރަ 11500 ރުފިޔާއިން 16100 ރުފިޔާއަށް ބޮޑުވާނެ އެވެ. 

ލޯކަލް ކައުންސިލުގައި މިހާރު 7200 ރުފިޔާ ލިބޭ މުވައްޒަފަކަށް 10500 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިސްޓްރީތަކުގެ ޑައިރެކްޓަރުންނަށް މިހާރު ލިބެމުންދާ 16000 ރުފިޔާއިން 23200 ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. ޗީފު އިނިސްޕެކްޓަރެއްގެ މުސާރަ 34300 ރުފިޔާއިން 48000 ރުފިޔާއަށް ބޮޑުވާނެ އެވެ. 

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް