ads
ސިވިލް ކޯޓް: ފޮޓޯ ރާއްޖެއެމްވީ
ބިގުން، ދައުލަތަށް 7 ލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފި
ބިޒްނަސް އިމޭޖް ގްރޫޕް - ބިގުން، ދައުލަތަށް 744،122 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތަށް ބިގުން ދައްކަން ޖެހޭ 744،122 ރުފިޔާއަކީ، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، ބިގުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެވެ. މި ފައިސާ ބިގުން ހޯދުމަށް ބިގާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ - މީރާއިންނެވެ. 

މި މައްސަލައިގައި ދައުލަތުގެ ދައުވާއަށް ބިގުން އިއުތިރާވެފައިވެއެވެ. ދައުލަތުން އެދުނީ ފަސް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށެވެ. އަދި ދައުލަތުން އެދުނު ގޮތަށް ސިވިލް ކޯޓުން ހުކުމްކުރީ، ފަސް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރާށެވެ. 

ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު މި ހުކުމް ކުރެއްވީ ބުރާސްފަތި ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް