ads
ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު: ފިސްތޯލައެއް ގެންގުޅުނުކަމުގެ ތުހުމަތަށް ލަންކާ އެއާޕޯޓުން ދިވެއްސެއް ވަނީ ހައްޔަރުކޮށްފައި - ފޮޓޯ:އެސްއެފްއޯ777
ފިސްތޯލައެއް ގެންގުޅުނުކަމުގެ ތުހުމަތަށް ލަންކާ އެއާޕޯޓުން ދިވެއްސެއް ހައްޔަރަށް
ފިސްތޯލައެއް ގެންގުޅުނުކަމުގެ ތުހުމަތަށް ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ) އިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުގެ ގަޑިން ރޭ 11:00 ޖަހަނިކޮށް، އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވަނީ މާލެ އައުމަށް ފުރަން ގޮސް ހުއްޓައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ސްކޭން ކުރުމުގެ ތެރޭގައި އޭނާގެ ދަބަހުން ބަޑިއެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމާ ގުޅިގެންނެވެ.

އެ މީހާގެ އަތުން ފެނިފައި ވަނީ ބަޑިއެއް ގޮތަށް އޮތް ލައިޓަރެއް ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.

ލަންކާގެ ފުލުހުން މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ނޫސްތަކުގައި ބުނެފައިވާއިރު، މައްސަލަ އާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް