ads
އެމްބާޕޭ
އެމްބާޕޭގެ ހެޓްރިކުން ޕީއެސްޖީ އެއްވަނައަށް
ރެއިމްސް ކޮޅަށް އެމްބާޕޭ ހެދި ހެޓްރިކުން މޮޅުވެ ޕީއެސްޖީން ފްރެންޗް ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. ޕީއެސްޖީން ރަށުން ބޭރުއި ކުޅުނު މި މެޗުގައި ތިން ލަނޑުވެސް ޖެހީ ފްރާންސްގެ ކެޕްޓަން އެމްބާޕޭ އެވެ.

ފުރަތަމަ ލަނޑު މެޗު ފަށައިގެން ތިންވަނަ މިނިޓްގައި ޖެހީ ޑެމްބެލޭގެ އެސިސްޓަކުންނެވެ. ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ނުވަވަނަ މިނިޓްގައި ޖެހީ ކާލޯސް ސޯލާ ގެ އެސިސްޓަކުންނެވެ. އަދި ހެޓްރިކް ފުރިހަމަކުރީ 82 ވަނަ މިނިޓްގައެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއްވަނާގައި އޮތީ ޕޮއިންޓެއްގެ ލީޑްގައެވެ. އެއީ 12 މެޗުން 27 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ 26 ޕޮއިންޓާއެކު ނީސް އެވެ. ތިންވަނާގައި މޮނާކޯ އޮތީ 23 ޕޮއިންޓާއެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް