ads
މާނިއު
މާނިއު ޖޭއެސްސީން އިސްތިއުފާ ދެއްވައިފި
ޖޭއެސްސީގެ މެމްބަރުކަމުން ޢަބްދުލްމާނިޢު ޙުސައިން އިސްތިއުފާ ދެއްވައިފިއެވެ.

ޢަބްދުލްމާނިޢު ޙުސައިން އަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މެންބަރެވެ. 

މާނިއު އިސްތިއުފާ ދެއްވިކަން މިއަދު އިއުލާން ކުރެއްވިއިރު، ކީއްވެކަން ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މާނިއު އައްޔަން ކުރަން އުޅޭކަމަށްވަނީ އަޑު އިވިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ޢަބްދުލްމާނިޢު ޙުސައިން އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން އެމަޤާމަށް  ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް