ads
ފުވައްމުލަކު އެއާޕޯޓުގައި އޮތް ބޯޓެއްގައި ކާގޯ ވެހިކަަލެއް ޖެހި ހިނގި އެކްސިޑެންޓު: އަނިޔާވި މީހާއަށް ދަނީ ފަރުވާދެމުން - ފޮޓޯ:އެމްޑީޕީ
ފުވައްމުލަކު އެއާޕޯޓު ވެހިކަލެއް ބޯޓެއްގައި ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ
ފުވައްމުލަކު އެއާޕޯޓުގައި ޖައްސާފައި އޮތް މޯލްޑިވިއަންގެ ބޯޓެއްގައި ކާގޯ ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ވެހިކަލް ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިއަދު ހަވީރު 5:30 ހާއިރު ފުވައްމުލަކު ރަންވޭ މަތީގައި އޮތް ބޯޓެއްގައި ކާގޯ އުފުލާ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

your imageފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ ބޯޓުގައި ކާގޯ ވެހިކަަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ސްޓްރެޗާއަށް އަރުވަނީ - ފޮޓޯ:އެމްޑީޕީ

މި އެކްސިޑެންޓާ ގުޅިގެން އެވަގުތު ފްލައިޓަށް އަރަން ތިބި ފަސިންޖަރުން ބޯޑިން އޭރިއާގައި މަޑުކުރުވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ އަނިޔާވި މީހާއަށް ފަރުވާދޭން ސްޓްރެޗާއަކަށް އަރުވާ ތަނެވެ. މި އެކްސިޑެންޓާ ގުޅިގެން މޯލްޑިވިއަންގެ ބޯޓަށް ވަނީ ގެއްލުން ވެފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް