ads
އީވާ އަބްދުﷲ
އީވާ މަގާމުން ވަކިކުރުމުގެ މަސަައްކަތް އަނެއްކާވެސް އެމްޑީޕީ އިންް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

 އީވާގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ޢަދަދަށް ސޮއިހަމަވެފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މަގާމުން ދުރުކުރުމަށްވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންގެ ސޮއިބޭނުންވެއެވެ. އެއީ 22 މެމްބަރުންގެ ސޮއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްމައްސަލަ ވެއްދުމަށް އެމްޑީޕީން ނިންމާފައިވަނީ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ދެ ވަނަ ޖަލްސާގައިވެސް މަޖިލީސް ރައީސްގެ އިތުބާރު ނެތް ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ. 

އެމްޑީޕީން އީވާ މަގާމުން ވަކިކުރަން ސޮއި ހޯދަން ފެށިއިރު، މިއީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ދެ ވަނަ ފަހަރެވެ.

 މިދިޔަ މެއި މަހު 50 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ދެ ވަނަ ބުރުގައި އީވާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ތާއީދު އެމްޑީޕީއަށް ބޭނުންވެގެންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް