ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތުގައި އީވާ: އީވާގެ އުޒުރު ގަބޫލުނުކޮށް ޖަލްސާ ބާއްވައިދިނުމަށް މަޖިލިހުން ވަނީ އެދިފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ނިޒާމު ގެއްލިއްޖެ ކަމަށްވިދާޅުވެ ޖަލްސާ މެދު ކަނޑާލައިފި
ނަޝީދުގެ އިތުބާރު ޖަލްސާ ފެށުމާއި އެކު ނިޒާމު ގެއްލިގެން ކަމަށް ވިދާޅުވެ ޖަލްސާ މެދު ކަނޑާލައިފިއެވެ.
Advertisement

މިއަދު 11 ޖެހިރަށް ތާވަލުކޮށްފައިވާ މި މައްސަލައިގެ ވަގުތު ޖެހުނު އިރު ޖަލްސާގެ ކޯރަމް އޮތީ ލިބިފައެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. 

ޖަލްސާ ފެށުނު ކަން އިއުލާން ކުރެއްވުމާއެކު އީވާ ދެން ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދާނެ ނިޒާމެއް މަޖިލީހުގައި ނެތް ކަމަށެވެ. މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ އީވާ ޖަލްސާ ނިންމަވާލެއްވިއިރު، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ތިއްބެވީ ތަޅުމުގައި ރިޔާސަތު މޭޒު ވަށައިލައިގެންނެވެ. 

ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ ޖަލްސާ ފެށުމާއެކު ޖަލްސާ މެދު ކަނޑާލައްވަމުން އީވާ ވިދާޅުވީ ދެން ޖަލްސާ ކުރިއަށް ގެންދާނެ އިރެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ. އިއްޔެވެސް މި މައްސަލަ އެޖެންޑާކުރި ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް