އމަޖިލީހުގައި މިއަދު އެންމެ ހެނދުނަށް އެޖެންޑާ ކޮށްފައި އޮތީ އެބަޖެޓުގެ މަސައްކަތެވެ. އެހެންނަމަވެސް އެ މަސައްކަތަށް ކުރުމަށް މަޖިލީހުގައި ބޭނުންވާ ކޯރަމް ލިބޭ ގޮތް ނުވީއެވެ.
ވަކި ޖަލްސާއެއްގެ ގޮތުގައި 11 ޖަހާއިރަށް އެޖެންޑާ ކޮށްފައިވާ އޮތީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. ނަމަވެސް އޭރު ރިޔާސަތުގައި އީވާ އިންނެވުމުން މެންބަރުން ވަނީ އަޑުގަދަކޮށް އީވާ ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމަށް ގޮވާލައިފަ އެވެ.
އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަނީ 11:00 ގައި އޮތް ނަޝީދުގެ އިތުބާރު ނެތް މައްސަލައަށެވެ. އެ މައްސަލައަށް ކޯރަމް ލިބިފައި އޮތް ނަމަވެސް ނިޒާމް ގެއްލިފައިވާ ކަމަށް ވިދާޅުވެ އީވާ ޖަލްސާ މެދު ކަނޑައިލެއްވީއެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވީ ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދަން ހުރަސްއެޅުމަށް އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށް ދެކޮޅު ހައްދަވާ އެވެ. މަޖިލީހުގެ އަމީންއާންމު ވެސް އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށް ތަކުރާރުކޮށް ލަފާ ދެއްވި ކަމަށާއި ނަމަވެސް އެ ލަފާ ގަބޫލުނުކުރައްވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.