މަޖިލިސް ރައީސަކަށް ހަމަޖައްސާނީ އަސްލަމް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ވަނީ ފާސްކޮށްފަ އެވެ.
މިރޭ ބާއްވާ ކުއްލި ހާއްސަ ޖަލްސާގެ އެޖެންޑާ މަޖިލީހުން މިހާރުވަނީ އާއްމުކޮށްފައެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ އާ ރައީސް އިންތިހާބު ކުރުމެވެ.
މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެންނަން އެމްޑީޕީން ނިންމީ، މިއަދު ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދިނުމުންނެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު މިއަދު އިސްތިއުފާ ދެއްވިއިރު، ނާއިބު ރައީސް އީވާ ވަކިކުރަންވެސް އެމްޑީޕީން އޮތީ ހުށަހަޅާފައެވެ.