ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
އަސްލަމްގެ ރިޔާސަތުގައި ފުރަތަމަ ކަމަކަށް ބަޖެޓް
ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ރިޔާސަތުގައި އެންމެ ފުރަތަމަ ކަމަކަށް، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާ، މި އަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓް ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، މުހައްމަދު އަސްލަމްގެ ރިޔާސަތުގައި އެންމެ ފުރަތަމަ ކަމަކަށް، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާ، މި އަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓް ހިމަނާފައިވާ ޖަލްސާ އޮންނާނީ މިއަދު އެވެ. މި ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަޑައިގެން ބަޖެޓް ހުށަހަޅުއްވާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބުކުރީ ރޭއެވެ. އަސްލަމް މަޖިލީހުގެ ރައީސްކަމަށް ހޮވިފައިވަނީ އެމަގާމަށް ދެން ކުރިމަތިލެއްވި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމްގެ މައްޗަށް ކުރި ހޯއްދެވުމަށް ފަހު އެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް ސިއްރު ވޯޓުގައި އަސްލަމް އަށް ލިބިފައިވަނީ 53 ވޯޓެވެ. އަދި އާޒިމް އަށް ލިބުނީ 23 ވޯޓެވެ.

މަޖިލީހުގެ ރައީސްކަމުގެ ގޮޑި ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މައްޗަންގޯޅި މެދު ދާއިރާ މެމްބަރު ރައީސް ނަޝީދު އެމަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް