ads
ޅހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ޓެގް އަޅުވާފައި ލަމްހާ ދޫކުރަން ޖެހޭތަ؟
ބިދޭސީ ނަރުސް ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި، ހަލީމަތު ލަމްހާގެ ބަންދާ މެދު ދެން އޮންނަ ޝަރީއަތުގައި ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.
Advertisement

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މިއަދު އޮތް އަޑު އެހުމުގައި، ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށް ފަހު އޭނާ ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކޯޓުގައިވަނީ އެދިފައެވެ. މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެއެވެ.

އެ މައްސަލާގައި އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ލަމްހާގެ ބަންދަށް ލުޔެއް ދިނުމަށް އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މާވިން އާއި ލަމްހާގެ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ. ލަމްހާގެ ވަކީލް ވިދާޅުވީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އަދި ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ މުޖްތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ. އެގޮތުން ވަކީލް އެދިވަޑައިގަތީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށެވެ.

ނަމަވެސް ދައުލަތުން ބުނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް