ads
ބަޖެޓު ކޮމިޓީގައި މުހައްމަދު ނާޝިޒު އަދި މުހައްމަދު ރަޝީދު: ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު އަދި ނައިބު މުގައްރިރަކަށް ރަޝީދު ވަނީ އިންތިހާބުކޮށްފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނައިބަކަށް މުހައްމަދު ރަޝީދު
ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި ނައިބު މުގައްރިރަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އިންތިހާބުކޮށްފި އެވެ.
Advertisement

މިއީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މި ދެ މެންބަރުން ބަޖެޓު ކޮމިޓީގެ މުގައްރިރު ކަމަށާއި ނައިބު މުގައްރިރު ކަމަށް އިންތިހާބުކުރި ހަތަރު ވަނަ ފަހަރެވެ. މި ދެ މެންބަރުން މަގާމަށް އިންތިހާބުކޮށްފައި ވަނީ މިއަދު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު ކަމަށް ނާޝިޒްގެ ނަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. ބަޖެޓު ކޮމިޓީގެ ނައިބަކަށް މުހައްމަދު ރަޝީދުގެ ނަން ހުށަހެޅުއްވީ ނާޝިޒެވެ. ނާޝިޒާއި މުހައްމަދު ރަޝީދު، މަގާމަށް އިންތިހާބުކޮށްފައި ވަނީ އެ ކޮމިޓީގައި ތިއްބެވި 15 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ނާޝިޒަކީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަށްވާއިރު، މުހައްމަދު ރަޝީދަކީ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީގެ މުގައްރިރެވެ. ބަޖެޓު ދިރާސާ ކުރަނީ އެ ދެ ކޮމިޓީ އެއްކޮށްލުމަށްފަހު އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދުގެ މަޖިލިހުގެ ޖަލްސާގައި ހުށަހަޅުއްވާފަ އެވެ. އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް